ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

9 މާރިޗު 2020 12:30

ނަންބަރު

6

2020 ވަނަ އަހަރުގެ 06 ވަނަ ބައްދަލުވުން

ޚުލާސާ

5 ޖުލައި 2019 ވަނަ ދުވަހު މ. އުޖާލާގެ، މާލެ، އަށް ފުލުހުންގެ ތެރެއިން ބަޔަކު ވަދެ އެގޭގައި ހުރި މީހަކަށް އަނިޔާކުރި މައްސަލައާގުޅިގެން ލިބިފައިވާ ސިޓީގައިވާ ކަންކަން ފުރިހަމަ ނުވާތީ، އަލުން ސިޓީއެއް ފޮނުވުމަށް ނިންމެވިއެވެ. ޅ. ކުރެއްދޫ ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކު ކުރެވުނު އިޓަލީގެ ފަތުރުވެރިޔާގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހާމަކޮށްފައި ނުވާ މައްސަލައިގެ އެއްވެސް ތަޙްޤީޤެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރައްވަމުން ގެންދަވާތޯ ސާފުކުރެއްވުމަށް ނިންމެވިއެވެ. ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލަ ތަޙްޤީޤް ކުރުމުގައި ލަސްތަކެއް ހުރުމާއެކު، އެ މައްސަލަ ބެލުމުގައި ލަސްވަނީ ކީއްވެގެންކަން ސާފުކުރެއްވުމަށް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ހުށަހަޅުއްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ތާއީދުކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA