ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

16 މާރިޗު 2020 14:00

ނަންބަރު

7

2020 ވަނަ އަހަރުގެ 07 ވަނަ ބައްދަލުވުން

ޚުލާސާ

5 ޖުލައި 2019 ވަނަ ދުވަހު މ. އުޖާލާގެ، މާލެ، އަށް ފުލުހުންގެ ތެރެއިން ބަޔަކު ވަދެ އެގޭގައި ހުރި މީހަކަށް އަނިޔާކުރި މައްސަލައިގައިއެކަން ކުރި ފުލުހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ އިދާރާއިން ބުނުމުން އެކަމާ ދެކޮޅަށް ފުލުހުންގެ ތެރެއިން ބަޔަކު ނުކިޔަމަންތެރިކަން ދައްކައި އިޙްތިޖާޖުކުރަމުން ދިޔަ މައްސަލައާ ގުޅޭގޮތުން، އިހްތިޖާޖުގައި ބައިވެރިވިކަމަށް ބުނާ ފުލުހުންނާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، މި ބައްދަލުވުމުގައި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅި ތާއިދު ލިބިފައިވާ ހުށަހެޅުމާމެދު ކޮމިޓީން ގޮތެއް ނިންމެވުމުގެ ކުރިން، މިއީ ޤާނޫނީގޮތުން ރައްޔިތުންގެ މަޖިލީހުން ނުވަތަ މި ކޮމިޓީން ކުރިއަށް ގެންދެވިދާނެ ކަމެއްތޯ ސަފުކުރުމަށާއި، މި މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިއުމުގެ އިޖުރާއާތު ސާފުކުރުމަށާއި މި މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމުގައި ޤާނޫނީގޮތުން އެއްވެސް ހުރަހެއް އޮތްތޯ ސާފުކުރުމަށް ކައުންސެލް ޖެނެރަލްގެ ލަފާފުޅެއް ހޯދުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA