ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާ ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ (149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާގުޅޭ)

2021 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

10 ފެބްރުއަރީ 2021 11:00 ނަންބަރު 1

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށްގެންދެވީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ މަސައްކަތެވެ. އެގޮތުން، ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އިންތިޙާބުކުރެއްވުމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހަޅުއްވާ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ތާއީދުކުރައްވާފައިވެއެވެ. ކޮމިޓީއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވެފައިވެއެވެ.

އެއަށްފަހު، ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ގޮތަކާމެދު މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ހުށަހަޅުއްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ތާއީދުކުރެއްވީ، ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަ 5 މެންބަރުންގެ ސަބް ކޮމިޓީއަކަށް ފޮނުވައިގެން ދިރާސާކުރެއްވުމަށްފަހު މައި ކޮމިޓިއަށް ފޮނުއްވުމަށެވެ. އަދި ސަބް ކޮމިޓީގައި ހިމެވަޑައިގަންނަވާ މެންބަރުންކަމަށް ކޮމިޓީގެ އިއްތިފާޤުން ނިންމަވާފައިވާ މެންބަރުންނަކީ؛

1.     ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް

2.     ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު

3.     މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ

4.     މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް

5.     ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް 


ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

25 ނޮވެމްބަރު 2021

ދިވެހިރާއްޖެއަށް ޤާނޫނާ ޚިލާފަށް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކަންހިނގާދިޔަ ގޮތް ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

14 ޖެނުއަރީ 2021

149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA