ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާ ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ (149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާގުޅޭ)

ތާރީޚް

23 ނޮވެމްބަރު 2021 13:30

ނަންބަރު

2

2021 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި 2021 ވަނަ އަހަރު ގދ.ހުޅުވާރުލުކިޔާ ފަޅުރަށަކުން ހޯދާފައިވާ 149ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުކުރެވުނު ފަރާތްތަކުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތާ ގުޅޭގޮތުން ބޭއްވުނު ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާއި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީން ދިރާސާކޮށް ނިންމެވިގޮތުގެ ރިޕޯޓްއަށް ގޮތެއް ނިންމަވައިދެއްވުން އެދި މައި ކޮމިޓީއަށް ހުށަހެޅުނެވެ. އަދި މި ރިޕޯޓްއާމެދު މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، ކޮމިޓީގެ އިތުރު ހުށަހެޅުންތަކާއެކު ރިޕޯޓް ފާސްކޮށް މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަވައިދެއްވުމަށް ފޮނުވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ހުށަހަޅުއްވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް އެވަގުތު ވަޑައިގެން ތިއްބެވި 10 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA