ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ B ( އޮޑިޓް ރިޕޯޓްތައް ދިރާސާކުރުން)

ތާރީޚް

24 ޖޫން 2019 11:05

ނަންބަރު

1

މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީ B ގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު އަދި މުޤައްރިރުގެ ނައިބަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ މަސައްކަތް ކުރިޔަށްގެންގޮސްދެއްވީ، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޝަބާނާ ރަޝީދުއެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ހުށަހެޅުނީ 1 ނަންފުޅެވެ. އެގޮތުން، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާގެ ނަންފުޅު ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، ކޮމިޓީގެ އިއްތިފާޤުން ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދުގެ ނަން ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، ކޮމިޓީގެ އިއްތިފާޤުން، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ކޮމިޓީގެ ނައިބު މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. އެއަށްފަހު، ކޮމިޓީގެ ހިންގާ ގަވާއިދަކީ މާލިއްޔަތު ކޮމިޓީގެވެސް ހިންގާ ގަވާއިދު ކަމަށާއި، ގަވާއިދު މިހާރު އޮތްގޮތް ރަނގަޅުކަމަށް ނިންމަވާ ކޮމިޓީގެ ހިންގާ ގަވާއިދު ފާސްވީކަމަށް ނިންމެވިއެވެ. މިއަށްފަހު، މާލިއްޔަތު ކޮމިޓީއަށް ފޮނުވިފައިވާ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި ހޮއްވަވާފައިވާ ސަބްކޮމިޓީތަކަށް ޙަވާލުކުރައްވާފައިވާ، އޮޑިޓަރ ޖެނެރަލް މައްސަލައެއް ފާހަގަކުރައްވާފައިނުވާ އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން ސަބް ކޮމިޓީ B އަށް ޙަވާލުކުރައްވާފައިވާ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތް ފެއްޓެވިއެވެ. ސަބް ކޮމިޓީ B އަށް ޙަވާލުކުރައްވާފައިވާ އޮޑިޓް ރިޕޯޓްތައް އެނގޭނޭ ތާވަލު ތިރީގައި އެވަނީ އެވެ. މިގޮތުން، ފަހަރަކު އޮޑިޓް ރިޕޯޓެއް ބައްލަވާ، އެ ރިޕޯޓާމެދު އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ އޮޕީނިއަން ބައްލަވާ މަޝްވަރާކުރެއްވުމަށްފަހު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 2017 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް ގައި ސާފުކުރައްވަން ބޭނުންފުޅުވާ ބައެއް ކަންކަން ހުރުމާއެކު، އެކަންކަން ސާފުކުރެއްވުމަށްފަހު އެ އޮޑިޓް ރިޕޯޓުގެ މަސައްކަތް ކުރިއަށް ގެންދަވާ ގޮތަށް ނިންމަވާ، ބާކީ ހުރި އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތް ނިންމެވުމަށްފަހު މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ. ދިރާސާ ކުރައްވަން ހުށަހަޅާ އޮޑިޓަރ ޖެނެރަލުގެ ރިޕޯޓްތައް: 1.މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 2.މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 3.މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 4.އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 5.އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 2016 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް 6.އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 7.އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް 8.ވަޒީފާއާބެހޭ ޓްރައިބިއުނަލް 2014 ވަނަ އަހަރުގެ ފައިނޭންޝަލް އޮޑިޓް ރިޕޯޓް 9.ވަޒީފާއާބެހޭޓްރައިބިއުނަލްގެ 2015 ވަނައަހަރުގެ އޮޑިޓް ރިޕޯޓް 10.ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 2017 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް 11.ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 2014 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓް 12.ޓެކްސް އެޕީލް ޓްރައިބިއުނަލް 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 13.ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 2016 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް 14.ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 15.ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް 16.މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 2016 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް 17.މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 2017 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް 18.ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 19.މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ 2017 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓް 20.ސިވިލް ސަރވިސް ކޮމިޝަނުގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް 21.ސްޓޭޓްމަންޓް އޮފް ގަވަރމެންޓް ގެރެންޓީސްގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA