އިޤްތިޞާދީ ކޮމިޓީގެ ސަބް ކޮމިޓީ (ރިޒޯޓުތަކުގެ ސަރވިސް ޗާޖް ދިނުމުގައި ޢަމަލުކުރަމުންދާ އުޞޫލު ދިރާސާކުރުން)

އިޤްތިޞާދީ ކޮމިޓީގެ ސަބް-ކޮމިޓީ (ރިޒޯޓުތަކުގެ ސަރވިސް ޗާޖް ދިނުމުގައި ޢަމަލުކުރަމުންދާ އުޞޫލު ދިރާސާކުރުން)ގެ 2 ވަނަ ބައްދަލުވުން

23 ޖުލައި 2019 11:30 ނަންބަރު 2

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ ރާއްޖޭގެ ރިޒޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ދެވޭ މުސާރައާއި ޢިނާޔަތްތަކާއި ގުޅޭގޮތުން މުވައްޒަފުންނަށް ސަރވިސް ޗާޖް ލިބިދެވޭތޯ ބެލުމުގެ މައްސަލައިގެ މަސައްކަތެވެ. މިގޮތުން، 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި، ވަކި ވަކި ރިސޯޓުތަކުން ޓީ-ޖީ.އެސް.ޓީ.ގެ ގޮތުގައި ލިބިފައިވާ މިންވަރު ވަކި ވަކިން އެނގޭނޭ ގޮތަށް ހޯއްދެވުމަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ކޮމިޓީން ފޮނުއްވާފައިވާ ސިޓީގެ ޖަވާބާމެދު މަޝްވަރާކުރެއްވިއެވެ. މިއަށްފަހު، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވާ، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު ތާއީދުކުރެއްވީ، ކޮމިޓީން ކުރެއްވި ދިރާސާތަކަށްފަހު، ޤާނޫނުގައި ވަކި މިންވަރެއް ސަރވިސް ޗާޖްގެ ގޮތުގައި ނެގުމަށް ބަޔާންކޮށްފައި ނުވާތީ، %10 ސަރވިސް ޗާޖްގެ ގޮތުގައި ކަނޑައަޅަން ފެންނަ ކަމަށާއި، އަދި ޤާނޫނު އިޞްލާޙުކުރަން ފެންނަ ކަމަށް މައި ކޮމިޓީއަށް ލަފާދިނުމަށެވެ. އެހެންކަމުން، އެގޮތަށް ނިންމެވުމާއެކު، ކޮމިޓީގެ މަސައްކަތްވެސް ނިމުނީކަމަށް ނިންމަވާ، ކޮމިޓީގެ މި ބައްދަލުވުން ނިންމަވާލެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

7 ސެޕްޓެމްބަރު 2019

ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގަވާއިދުން ސަރވިސް ޗާޖް ދެމުންގެންދޭތޯ ބަލައި، އެ ފަރާތްތަކަށް ސަރވިސް ޗާޖް ދިނުމުގައި ޢަމަލުކުރަމުންދާ އުސޫލު ދިރާސާކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA