ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ C ( އޮޑިޓް ރިޕޯޓްތައް ދިރާސާކުރުން)

ތާރީޚް

24 ޖޫން 2019 12:35

ނަންބަރު

1

މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީ C ގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު އަދި މުޤައްރިރުގެ ނައިބަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ މަސައްކަތް ކުރިޔަށްގެންގޮސްދެއްވީ، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޝަބާނާ ރަޝީދުއެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ހުށަހެޅުނީ 1 ނަންފުޅެވެ. އެގޮތުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްގެ ނަންފުޅު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވިއެވެ. އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ކޮމިޓީގެ މުޤައްރިރު ކަމުން ތަނާޒުލުވެވަޑައިނުގަންނަވާތީ، ކޮމިޓީގެ މުޤައްރިރަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހޮވިވަޑައިގަތެވެ. އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ނަން ހުށަހެޅުއްވިއެވެ. އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ކޮމިޓީގެ ނައިބު މުޤައްރިރު ކަމުން ތަނާޒުލުވެވަޑައިނުގަންނަވާތީ، ކޮމިޓީގެ ނައިބު މުޤައްރިރަކަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހޮވިވަޑައިގަތެވެ. އެއަށްފަހު، ކޮމިޓީގެ ހިންގާ ގަވާއިދަކީ މާލިއްޔަތު ކޮމިޓީގެވެސް ހިންގާ ގަވާއިދު ކަމަށާއި، ގަވާއިދު މިހާރު އޮތްގޮތް ރަނގަޅުކަމަށް ނިންމަވާ ކޮމިޓީގެ ހިންގާ ގަވާއިދު ފާސްވީކަމަށް ނިންމެވިއެވެ. މިއަށްފަހު، މާލިއްޔަތު ކޮމިޓީއަށް ފޮނުވިފައިވާ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި ހޮއްވަވާފައިވާ ސަބްކޮމިޓީތަކަށް ޙަވާލުކުރައްވާފައިވާ، އޮޑިޓަރ ޖެނެރަލް މައްސަލައެއް ފާހަގަކުރައްވާފައިނުވާ އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން ސަބް ކޮމިޓީ C އަށް ޙަވާލުކުރައްވާފައިވާ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތް ފެއްޓެވިއެވެ. ސަބް ކޮމިޓީ C އަށް ޙަވާލުކުރައްވާފައިވާ އޮޑިޓް ރިޕޯޓްތައް އެނގޭނޭ ތާވަލު ތިރީގައި އެވަނީ އެވެ. މިގޮތުން، ފަހަރަކު އޮޑިޓް ރިޕޯޓެއް ބައްލަވާ، އެ ރިޕޯޓާމެދު އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ އޮޕީނިއަން ބައްލަވާ މަޝްވަރާކުރެއްވުމަށްފަހު، ތާވަލުގައިވާ ފުރަތަމަ 2 ރިޕޯޓުގެ މަސައްކަތް ނިންމެވިއެވެ. އަދި ތިލަފުށި ކޯޕަރޭޝަންގެ ރިޕޯޓާ ގުޅޭގޮތުން ސާފުކުރައްވަން ބޭނުންފުޅުވާ ބައެއް ކަންކަން ހުރުމާއެކު، ކޮމިޓީގެ ދެން އޮންނަ ބައްދަލުވުމަކަށް އެކަންކަމުގެ މަޢުލޫމާތު ސާފުކުރައްވާ، ބާކީ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތް އެ ބައްދަލުވުމުގައި ކުރިއަށް ގެންދަވާ ގޮތަށް ނިންމަވާ މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ. މިގޮތުން ސަބް ކޮމިޓީ C އާ ޙަވާލުކުރެވިފައިވާ އޮޑިޓް ރިޕޯޓްތައް ތިރީގައި އެވަނީއެވެ. 1.މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 2.ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 3.ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 4.މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 5.މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 6.އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 7.އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 8.އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 9.މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 10.މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 2016 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓް 11.އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 12.މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 13.ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑްގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 14.މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑްގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 15.ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 16.ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 17.ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 18.ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 19.މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 20.މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 2018 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓް 21.މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑްގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 22.ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް 23.މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްގެ 2011، 2012 އަދި 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތައް

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
18 ޖޫން 2019 - އޮޑިޓް ރިޕޯޓްތައް ދިރާސާކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA