ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ C ( އޮޑިޓް ރިޕޯޓްތައް ދިރާސާކުރުން)

ތާރީޚް

3 ޖުލައި 2019 09:50

ނަންބަރު

3

މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީ C ގެ 3 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ މާލިއްޔަތު ކޮމިޓީއަށް ފޮނުވިފައިވާ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި ހޮއްވަވާފައިވާ ސަބްކޮމިޓީތަކަށް ޙަވާލުކުރައްވާފައިވާ، އޮޑިޓަރ ޖެނެރަލް މައްސަލައެއް ފާހަގަކުރައްވާފައިނުވާ އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން ސަބް ކޮމިޓީ C އަށް ޙަވާލުކުރައްވާފައިވާ އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން، ކޮމިޓީގެ މަސައްކަތް ނިމިފައިނުވާ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތެވެ. މިގޮތުން ސަބް ކޮމިޓީ C އާ ޙަވާލުކުރެވިފައިވާ އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން ބައެއް ރިޕޯޓުތަކުގައި ކުދި ކުދި މައްސަލަތައް ހުރިކަން ފާހަގަކުރެވުމާއެކު، އެފަދަ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތަށް އިތުރު ވަގުތު ބޭނުންވާތީ، އެ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތް ކޮމިޓީގެ ދެން އޮންނަ ބައްދަލުވުމުގައި ކުރިއަށް ގެންދަވާ ގޮތަށް ނިންމެވުމަށްފަހު މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
18 ޖޫން 2019 - އޮޑިޓް ރިޕޯޓްތައް ދިރާސާކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA