ކޮމިޓީގެ ނަން

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ސަބް ކޮމިޓީ (ކޮމިޓީގެ ވޯކް ޕްލޭން އެކުލަވާލުން)

ތާރީޚް

2 ޖުލައި 2019 10:00

ނަންބަރު

1

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ސަބް ކޮމިޓީ (ކޮމިޓީގެ ވޯކް ޕްލޭން އެކުލަވާލުން)ގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ލީގަލް އޮފިސަރ، އަލްއުތާޛާ އަންސޫދާ ފުއާދު އެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ތާއީދުކުރައްވާފައިވަނީ ކޮމިޓިގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ފާސްވިއެވެ. އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ތާއީދުކުރެއްވީ ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދުގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ފާސްވިއެވެ. އެއަށްފަހު، ކޮމިޓީގެ ވޯކް ޕްލޭން އެކުލަވާލާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ކޮމިޓީގެ ބައްދަލުވުން ކޮންމެ އަންގާރަ ދުވަހެއްގެ 11:00 ގައި ބޭއްވުމަށްވެސް ކޮމިޓީން ނިންމެވިއެވެ. ކޮމިޓީގެ މަސްޢޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ ސަރުކާރުގެ ވުޒާރާތަށް ތަރުތީބު ކުރުމުގައި މައި ކޮމިޓީގެ ލަފައެއް ބޭނުން ވާތީވެ، އެ މަސައްކަތް އެހެން ބައްދަލުވުމެއްގައި ކުރިއަށް ގެންދިއުމަށް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
1 ޖުލައި 2019 - ކޮމިޓީގެ ވޯކް ޕްލޭން އެކުލަވާލުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA