ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީއާއި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ޖޮއިންޓް ސަބް ކޮމިޓީ (ޖަލު ސިޓީތަކާގުޅޭ)

ތާރީޚް

10 ފެބްރުއަރީ 2020 12:35

ނަންބަރު

2

2020 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކްލެމެންސީ ބޯޑުގައި ހިމެނިވަޑައިގަންނަވާ މެންބަރުކަމަށްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ކޮމިޓީގެ އެދި ލެއްވުމަށް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ބޯޑުގެ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން މަޢުލޫމާތު ޙިއްސާ ކުރެއްވިއެވެ. އެ ގޮތުން ކްލެމެންސީ ބޯޑުގެ އިދާރީ މުވައްޒަފުންގެ ގޮތުގައި މި ވަގުތު އިންނެވީ އެންމެ ބޭފުޅުއް ކަމުގައި ދެންނެވިއެވެ. އަދި ކޮމިޓީ އަށް މި މައްސަލައާއި ގުޅޭގޮތުން ލިބިފައިވާ ލިޔެކިޔުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކަމާއި ގުޅޭ އިދާރާތަކާއި ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
22 ޖެނުއަރީ 2020 - ޖަލުތަކުގައި ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަކުގެ މައްސަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA