ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީގެ ސަބް ކޮމިޓީ 2

ތާރީޚް

9 ޖުލައި 2019 17:10

ނަންބަރު

1

1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ޑެޕިއުޓީ ޑިރެކްޓަރ، އަލްފާޟިލާ އާސިޔާ އަޒީމާ އެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް، ހުށަހަޅުއްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ތާއީދުކުރައްވާފައިވަނީ ކޮމިޓިގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވާ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ތާއީދުކުރެއްވީ ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. އެއަށްފަހު، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތަކުން ފޮނުއްވާފައިވާ ސިޓީތަކާއި ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މިސިޓީތަކުގެ ސަމަރީ ޝީޓެއް ހައްދަވަން ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
9 ޖުލައި 2019 - ލޯކައުންސިލްތަކުން ފޮނުއްވާފައިވާ ސިޓީތައް ދިރާސާކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA