މިއަދުގެ ބައްދަލުވުމުގައި، ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން މުޤައްރިރު ކަމުގައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ގެ ނަން ހުށަހަޅުއްވައި، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ތާއީދުކުރެއްވިއެވެ. އަދި ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ނައިބު މުޤައްރިރު ކަމުގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ ގެ ނަން ހުށަހަޅުއްވައި، މި ހުށަހެޅުމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ތާއީދުކުރެއްވިއެވެ. އަދި މި ހުށަހެޅުން ކޮމިޓީގެ އިއްތިފާގުން ފާސްވިއެވެ.
© 2023 ރައްޔިތުންގެ މަޖިލިސްގެ އިދާރާA