ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

8 މާރިޗު 2022 11:35

ނަންބަރު

3

2022 ވަނަ އަހަރުގެ 03 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، އެ ބިލުގެ 32 ވަނަ މާއްދާއިން ފެށިގެން 34 ވަނަ މާއްދާގެ ނިޔަލަށް ކޮމިޓީން ދިރާސާކުރެއްވިއެވެ. އެއަށްފަހު، އެ ބިލަށް ކޮމިޓީން ގެންނެވި އިޞްލާޙުތަކާއެކު ބިލު ފާސްކުރެއްވުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. އަދި މި ބައްދަލުވުމުގައި، ސަރުކާރުން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭފުޅުންނާ ކޮމިޓީން ބައްދަލުކުރެއްވުމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހެޅުއްވުމުން ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ އެ ހުށަހެޅުމަށް ތާޢީދުކުރައްވާފައިވެއެވެ. އެ ހުށަހެޅުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވައި، މިނިސްޓްރީގެ ބޭފުޅުންނާއެކު ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA