ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

22 މާރިޗު 2022 11:10

ނަންބަރު

12

2022 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށްގެންދެވީ ޖަމްޢިއްޔާތަކުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. އެގޮތުން، އެ ރިޕޯޓު ދިރާސާކުރެއްވުމަށް އިތުރު ވަގުތު ބޭނުންފުޅުވާތީ، ރިޕޯޓު ފާސްކުރުން ފަސްކުރުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ތަޢީދުކުރެއްވި ގޮތަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރެއްވިއެވެ. އެއަށްފަހު މި ބައްދަލުވުމުގައި ކުރިއަށްގެންދެވީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، އެ ބިލުގެ 35 ވަނަ މާއްދާގެ އިން ފެށިގެން 44 ވަނަ މާއްދާގެ ނިޔަލަށް މި ބައްދަލުވުމުގައި ކޮމިޓީން ދިރާސާކުރެއްވިއެވެ. އެގޮތުން، ބިލުގެ 39 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
14 ސެޕްޓެމްބަރު 2021 - ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު
26 ނޮވެމްބަރު 2019 - ޖަމްޢިއްޔާތަކުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA