ޕެޓިޝަން ކޮމިޓީ

ޕެޓިޝަން ކޮމިޓީ، 2019 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

7 އޯގަސްޓު 2019 00:00 ނަންބަރު 5

ޚުލާސާ

އދ.މަހިބަދޫގެ ގިނަ ރައްޔިތުން ތަޙައްމަލްކުރަމުންދާ ބޯހިޔާވަހި ކަމުގެ ދަތިކަން ޙައްލުކޮށްދެއްވުމަށްއެދި ހުށަހަޅުއްވާފައިވާ ޕެޓިޝަން އާ ގުޅޭގޮތުން މަހިބަދޫ ކައުންސިލްގެ އިދާރާގެ ލިބިފައިވާ ސިޓީއާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެވުނެވެ. މިގޮތުން، މި ޕެޓިޝަނާގުޅޭ ގޮތުން ސަރުކާރުގެ 3 އިދާރާއިން ލިބިފައިވާ ސިޓީ ހިމަނައި ރިޕޯޓެއް ތައްޔާރުކުރުމަށް ނިންމިއެވެ. "ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަކީ ޤައުމީ ސަލާމަތަށް ނުރައްކަލަކަށް ވެފައިވާއިރު މި މައްސަލަ ހައްލުކޮށް ދިވެހިންނަށް ވަޒީފާ ބާޒާރުގައި ފުރުޞަތުތައް އިތުރުކޮށްދީ މި ކަމަށް ވަކި ވުޒާރާއެއް އުފައްދައި ދިނުމަށް އެދި ހުށަހަޅުއްވާފައިވާ ޕެޓިޝަން" ޝަރުތު ހަމަކުރެއްވުމަށްފަހު އަލުން ހުށަހަޅުއްވާފައިވާތީ މި ޕެޓިޝަން އާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެވުނެވެ. މިގޮތުން، މިފަދަ މައްސަލައެއް ޤައުމީ ސަލާމަތާއި ޚާރިޖީ ކަންކަމުގެ ކޮމިޓީއިން ދިރާސާކުރައްވަމުން ގެންދަވާތީ މި ޕެޓިޝަން އެ ކޮމިޓީއަށް ފޮނުއްވުމަށް ނިންމިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

9 ޖުލައި 2019

އދ.މަހިބަދޫގެ ގިނަ ރައްޔިތުން ތަޙައްމަލްކުރަމުންދާ ބޯހިޔާވަހި ކަމުގެ ދަތިކަން ޙައްލުކޮށްދެއްވުމަށްއެދި ހުށަހަޅުއްވާފައިވާ ޕެޓިޝަން

ކޮމެޓީ މަސައްކަތް ނިމިފައި

24 ޖޫން 2019

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުން އެދި ހުށަހަޅުއްވާފައިވާ ޕެޓިޝަން

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA