ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

24 ފެބްރުއަރީ 2020 12:40

ނަންބަރު

7

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 7 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ މަސްވެރިންނަށްވެފައިވާ ވަޢުދުގެ ތެރެއިން ބާނާ މަހަށް "ހަމައަގު" ލިބިގެންދާނެކަމަށް ވެފައިވާ ވަޢުދު ފުއްދިފައި ނުވާކަމަށް ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް މަހިބަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޠާރިޤް ފޮނުއްވާފައިވާ މައްސަލައާމެދު ކުރެވުނު މަޝްވާރާތަކުގެ ތެރެއިން، ޤުދުރަތީ ގޮތުން ތިމާވެއްޓަށް ދިމާވާ ކަންކަމުގެ ސަބަބުންނާއި އަދި އެހެނިހެން ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން މަސްވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ ގެ ބޭފުޅުންނާއި ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރެއްވިއެވެ. * މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވީ ނަމަވެސް، އެ މިނިސްޓްރީގެ ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA