ގަވާއިދު ކޮމިޓީ

2022 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

31 މޭ 2022 10:00 ނަންބަރު 6

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. އެއަށްފަހު، ބައެއް މިނިސްޓްރީތަކުންނާއި ސަރުކާރުގެ އިދާރާތަކުން ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހަދާފައިނުވާތީ، އެ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ލޯގަލް ގަވަރމަންޓް އޮތޯރިޓީން މަޢުލޫމާތު ސާފުކުރެއްވުމަށް ފޮނުއްވާފައިވާ ސިޓީތަކުގެ ތެރެއިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖެ އެންޑް ޓެކްނޯލޮޖީއިން އެކަނި ޖަވާބު ލިބިފައިވާތީ، އެހެން މުއައްސަސާތަކުން ޖަވާބު ލިބުމުން އެ މައްސަލައަށް ގޮތެއް ނިންމުމަށް ކޮމިޓީން ނިންމިއެވެ. އެއަށްފަހު، ހުޅުމާލެ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވާއިދާއި މާލޭ ޕްލޭނިންގ ގަވާއިދު އެއްކޮށްލައި އެއް ގަވާއިދެއްގެ ގޮތުގައި އެކުލަވާމުމަށްފަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އަދިވެސް ފޮނުއްވާފައިނުވާތީ، ދެން ބާއްވަވާ ކޮމިޓީގެ ބައްދަލުވުމެއްގައި އެ މައްސަލައަށް ގޮތެއް ނިންމުމަށް ކޮމިޓީން ނިންމިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

18 މޭ 2022

ބައެއް މިނިސްޓްރީތަކުންނާއި ސަރުކާރުގެ އިދާރާތަކުން ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހަދާފައިނުވާތީ، ހުށަހަޅާފައިވާ މައްސަލަ

ރިޕޯޓް ހުށައެޅިފައި

17 ނޮވެމްބަރު 2020

"ހުޅުމާލޭ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވާއިދު" ކޮމިޓީން އިޞްލާޙުކުރެއްވުމަށް މިނިސްޓްރީއަށް ފޮނުވާފައިވީއިރުވެސް، އަދިވެސް ގެޒެޓްނުކުރެވިވާ މައްސަލަ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA