ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

12 ޖޫން 2022 10:44

ނަންބަރު

25

ޖުޑީޝިއަރީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 25 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ބާ އިމްތިހާނުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި 10،000 (ދިހަހާސް) ރުފިޔާ ބާ ކައުންސިލުން ކަނޑައަޅުއްވާފައިވާތީ، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ފޮނުއްވާފައިވާ ސިޓީ އާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، އެ އަދަދު ކަނޑައެޅުއްވުމުގައި ބައްލަވާފައިވާ ކަންކަމުގެ ތަފްޞީލީ މައުލޫމާތު ބާ ކައުންސިލުން ފޮނުއްވާފައިވާތީ، އެ ސިޓީގައިވާ މައުލޫމާތަށް ބައްލަވާ ބާ ކައުންސިލަށް އަލަށް އިންތިޙާބުވެވަޑައިގެންނެވި މެންބަރުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރެއްވުމަށް ކޮމިޓީން ނިންމިއެވެ. އެއަށްފަހު، ހެއްކާބެހޭ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތްކުރެއްވިއެވެ. އެގޮތުން ބިލުގެ 109 ވަނަ މާއްދާއިން ފެށިގެން 134 ވަނަ މާއްދާގެ ނިޔަލަށް ބެއްލެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA