ކޮމިޓީގެ ނަން

ޕެޓިޝަން ކޮމިޓީ

ތާރީޚް

24 ފެބްރުއަރީ 2020 11:10

ނަންބަރު

1

ޕެޓިޝަން ކޮމިޓީގެ، 2020 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީއަށް އައިސްފައިވާ ޕެޓިޝަންތަކާމެދު ގޮތެއް ނިންމެވުމުގެ މަސައްކަތެވެ. މިގޮތުން 2020 ގައި އެސް.އެސް.ސީ އިމްތިހާނުގައި ޤުރުއާން މި މާއްދާ ހަދާއިރު، ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ހުށަހަޅުއްވާފައިވާ ޕެޓިޝަންއާ ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ. މިގޮތުން މި ޕެޓިޝަންގައި ހުރި ކަންބޮޑުވުންތައް މިހާރު ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޙައްލުކޮށްދެއްވާފައިކަމުން މި ޕެޓިޝަން ކޮމިޓީގެ ސްޓޭޓަސް އިން ނެންގަވައި ރިޕޯޓެއް ތައްޔާރުކުރެއްވުމަށް ތިނަދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހެޅުއްވެވިއެވެ. އަދި މި ހުށަހެޅުއްވުމަށް ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ތާއީދުކުރެއްވެވިއެވެ. އަދި މި ހުށެލެޅުއްވުމަށް އިއުތިރާޟްކުރައްވާ އެއްވެސް މެންބަރެއް ނެތުމުން މިގޮތަށް މި ހުށަހެޅުން ފާސްވެގެން ދިޔައެވެ. އެއަށްފަހު، ޝަރުތު ހަމަނުވެ ކޮމިޓީއަށް އަންނަ ޕެޓިޝަންތަކާ ގުޅޭގޮތުން ޢަމަލުކުރައްވާނެ ގޮތަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވައި ނިންމެވީ މި ކަމާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ކޮމިޓީގެ ދެން އަންނަ ބައްދަލުވުމަކަށް ޙާޟިރުކުރައްވައި އެކަމަނާއާ މި ކަމާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ ކަންބޮޑުވުންތައް ޙިއްސާކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން މި ކަމަށް ޙައްލެއް ގެނައުމަށް މަސައްކަތްކުރެއްވުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA