އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 26 ވަނަ ބައްދަލުވުން

12 ސެޕްޓެމްބަރު 2022 13:00 ނަންބަރު 26

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ގދ.ހޯނޑެއްދޫގައި މަސްފެކްޓްރީއެއް އެޅުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ހޮރައިޒަން ފިޝަރީޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެޅުމަށް އެ ރަށުން ބިން ކުއްޔަށް ދޫކުރިތާ 17 އަހަރު ވާންދާއިރު، އެ ބިމުގައި މަސް ފެކްޓްރީއެއް އަޅައި، އެތަނުން މަސްވެރިންނަށް ޚިދުމަތް ދީފައިނުވާއިރު، އެ މިނިސްޓްރީން މި މައްސަލައިގައި އެއްވެސް ގޮތެއް ނުނިންމަވާ ސަބަބެއް، އަދި އެކަމުގައި ކޮރަޕްޝަނަސް މަގުފަހިވާ އެއްވެސް ކަމެއް ވޭތޯއާއި، އެ ކުންފުންޏާ މިނިސްޓްރީއާ ވެފައިވާ އެއްބަސްވުން ބާތިލުވެފައިވާއިރުވެސް، ދިވެހިރާއްޖޭގައި ހެދިފައި ހުރި ޤާނޫނުތަކާއި، ގަވާއިދުތައް އަދި އެންމެހައި އުސޫލުތަކުގެ ބޭރުން އެއްބަސްވުން ދަމަހައްޓާ މައްސަލަ ބައްލަވައި ދެއްވުން އެދި 05 ސެޕްޓެންބަރު 2022 ގައި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން މި މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރައްވައި ހުށަހަޅުއްވާފައިވަނީ މިމައްސަލައާއި ގުޅޭގޮތުން މިހާރުގެ ހާލަތު ދެނެގަތުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ހޮރައިޒަން ފިޝަރީޒްގެ ބޭފުޅުންނާއި ބައްދަލުކޮށް މައުލޫމާތު ސާފުކުރުމަށެވެ. މި ހުށަހެޅުން ވަނީ އެއްވެސް މެންބަރެއްގެ އިޢުތިރާޒެއް ނެތުމުން ފާސްވެފައެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

5 ސެޕްޓެމްބަރު 2022

މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ މައްސަލަ (ގދ.ހޯނޑެއްދޫ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އެގްރީމެންޓާގުޅޭ)

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA