ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

5 ސެޕްޓެމްބަރު 2022

ސްޓޭޓަސް

ކޮމެޓީ މަސައްކަތް ނިމިފައި

މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ މައްސަލަ (ގދ.ހޯނޑެއްދޫ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އެގްރީމެންޓާގުޅޭ)

ޚުލާސާ

ގދ.ހޯނޑެއްދޫގައި މަސްފެކްޓްރީއެއް އެޅުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ހޮރައިޒަން ފިޝަރީޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެޅުމަށް އެ ރަށުން ބިން ކުއްޔަށް ދޫކުރިތާ 17 އަހަރު ވާންދާއިރު، އެ ބިމުގައި މަސް ފެކްޓްރީއެއް އަޅައި، އެތަނުން މަސްވެރިންނަށް ޚިދުމަތް ދީފައިނުވާއިރު، އެ މިނިސްޓްރީން މި މައްސަލައިގައި އެއްވެސް ގޮތެއް ނުނިންމަވާ ސަބަބެއް، އަދި އެކަމުގައި ކޮރަޕްޝަނަސް މަގުފަހިވާ އެއްވެސް ކަމެއް ވޭތޯއާއި، އެ ކުންފުންޏާ މިނިސްޓްރީއާ ވެފައިވާ އެއްބަސްވުން ބާތިލުވެފައިވާއިރުވެސް، ދިވެހިރާއްޖޭގައި ހެދިފައިވާ ހުރި ޤާނޫނުތަކާއި، ގަވާއިދުތައް އަދި އެންމެހައި އުސޫލުތަކުގެ ބޭރުން އެއްބަސްވުން ދަމަހައްޓާ މައްސަލަ ބައްލަވައި ދެއްވުން ހުށަހަޅުއްވާފައިވާ މައްސަލަ.

މިހާރު އޮތް ހިސާބް

8 ނޮވެމްބަރު 2022 - ކޮމެޓީ މަސައްކަތް ނިމިފައި

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA