އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުން

26 ފެބްރުއަރީ 2020 12:40 ނަންބަރު 9

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ، ސަބް ކޮމިޓީއިން އެކުލަވާލި ޖޮބް ސީކަރސް އެލަވަންސް ބިލުގެ މަސައްކަތެވެ. އެގޮތުން، ސަބް ކޮމިޓީން އެކުލަވާލައި މައި ކޮމިޓީ އަށް ހުށަހެޅުއްވި ބިލު، މައި ކޮމިޓީން އޮތްގޮތަށް ފާސްކުރުމަށްފަހު، މަޖިލީހުގެ ރައީސް އަށް ފޮނުވުމަށް ނިންމެވިއެވެ. ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، މާލިއްޔަތު ކޮމިޓީން ފޮނުއްވާފައިވާ ކައުންސިލަރުންގެ މުސާރައާއި ގުޅޭ ސިޓީއާއި މެދު ގޮތެއް ނިންމެވުމެވެ. އެގޮތުން، މި ސިޓީއާއި މެދު ކޮމިޓީގެ މެންބަރުންނަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ހުށަހަޅުއްވާފައިވާ ހިޔާލުތައް މާލިއްޔަތު ކޮމިޓީއަށް ފޮނުވުމަށް ވެސް ނިންމެވިއެވެ. ތިން ވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ވިޔަފާރީގެ ދާއިރާގައި ވާދަ ވެރިކަން އުފައްދާ ދެމެހެއްޓުމުގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ. މިބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމަށް، ހުޅުވާލި ފުރުޞަތުގައި ހުށަހެޅި ތާއީދު ލިބިފައިވަނީ، މިބިލަށް ހިޔާލުފާޅުކުރުމަށް ގުޅުންހުރި އިދާރާތަކަށް ފޮނުވައި، ހިޔާލުތައް ފޮނުވުމަށް ދެވިފައިވާ މުއްދަތު ހަމަވެފައި ނުވާތީ، އެ ފަރާތްތަކުގެ މައުލޫމާތު ލިބުމުން ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. މިއަދުގެ އެޖެންޑާގައި އިތުރުކަމެއް ނެތުމުން، ކޮމިޓީގެ މަސައްކަތް ތަކުގެ ތެރެއިން އަވަހަށް ނިންމާލެވޭނެ ފަދަ 2 މައްސަލައެއް އެޖެންޑާއަށް އިތުރުކުރުމަށްފަހު މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ. އެގޮތުން ހަތަރު ވަނަ ކަމަކަށް، ގިނަ ޢަދަދެއްގެ ޔޮޓުފަހަރު ކުރިން ބަނދަރުކުރަމުންދިޔަ ހއ.އުލިގަމުގައި ޔޮޓް ބަނދަރުކުރުން، ސަރުކާރުގެ ގަވާއިދުތަކާއި އުސޫލުތަކުގެ ސަބަބުން މިހާރު މަދުވެފައިވާކަމަށް ފާހަގަކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ. އެގޮތުން، މިމައްސަލައާއި ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިސްވެ ހިންގެވި މަހާސިންތާގައި ނިންމެވި ކަންކަމުގެ ރިޕޯޓް ކޮމިޓީއަށް ފޮނުއްވާފައިވާތީ، އެ ރިޕޯޓު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ފޮނުވުމަށް ނިންމެވިއެވެ. އަދި މި މަސައްކަތް ކޮމިޓީގެ މެންބަރެއްގެ އިސްނެގުމުގެ މަތިން ހުށަހެޅި މި މައްސަލަ ހައްލުކުރުމަށް ކޮމިޓީން މަސައްކަތް ކުރިއަށް ގެންދެވި ގޮތް ބަޔާންކޮށް މަޖިލީހުގެ ރައީސް އަށް ސިޓީ ފޮނުވުމަށް ވެސް ނިންމެވިއެވެ. ފަސް ވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 01/96 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) އަށް މިހާރު ޢަމަލުކުރަމުންދާ ގޮތާއި، ސަރުކާރުން މިސާލަކަށް މެޑިކަލް ކޮންސިއުމަބަލްސް، ބޭސް އެތެރެކޮށް ރެގިއުލޭޓް ކުރާފަރާތްތަކުން ޤާނޫނަށް ސަމާލުކަން ދެއްވާ އުޞޫލާއި، މިހާރު ޢަމަލުކުރަމުންދާ ގަވާއިދުތަކުގެ މަޢުލޫމާތު ހޯދުމަށް އެދި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައެވެ. މި މައްސަލަ އާމެދު މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި، މިހާރު ކޮމިޓީއަށް ފޮނުވިފައިވާ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލުން މި މައްސަލައިގައި ބަޔާންކުރާ ކަންކަމަށް ހައްލު ލިބިގެން ދާތީ، މި މައްސަލަވެސް ހައްލުކުރުމަށް ކޮމިޓީން މަސައްކަތް ކުރިއަށް ގެންދެވި ގޮތް ބަޔާންކޮށް މަޖިލީހުގެ ރައީސް އަށް ސިޓީ ފޮނުވުމަށް ވެސް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

11 ފެބްރުއަރީ 2020

ވިޔަފާރި ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

11 ފެބްރުއަރީ 2020

މާލިއްޔަތު ކޮމިޓީން ފޮނުވާފައިވާ ކައުންސިލަރުންގެ މުސާރައާއި ގުޅޭ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

18 ނޮވެމްބަރު 2019

ދިވެހިރާއްޖޭގެ މަސްވެރިންނަށްވެފައިވާ ވައުދުގެ ތެރެއިން ބާނާ މަހަށް ހަމައަގު ލިބިފައިނުވާތީ، އެކަން ކަމާގުޅޭ އިދާރާތަކުން ސާފުކޮށްދެއްވުން އެދިފޮނުވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

8 އޮކްޓޯބަރު 2019

ޖޮބް ސީކާރސް އެލަވަންސް ބިލު އެކުލަވާލުމުގެ މަސައްކަތް.

ކޮމެޓީ މަސައްކަތް ނިމިފައި

31 ޖުލައި 2019

ޤާނޫނު ނަންބަރު 01/96 އަށް މިހާރު އަމަލުކުރެވެމުންދާގޮތާއި، ރެގިއުލޭޓް ކުރާފަރާތްތަކުން ޤާނޫނަށް ސަމާލުކަން ދެއްވާ އުސޫލާއި ގަވާއިދުގެ މައުލޫމާތު ހޯދުމުގެ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA