އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 31 ވަނަ ބައްދަލުވުން

4 އޮކްޓޯބަރު 2022 13:30 ނަންބަރު 31

ޚުލާސާ

މިބައްދަލުވުމަކީ ގދ.ހޯނޑެއްދޫގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ތަރައްޤީކުރުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ހޮރައިޒަން ފިޝަރީޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ރަށުން ބިން ކުއްޔަށް ދޫކުރިތާ 17 އަހަރު ވެގެންދާއިރު، އެ ބިމުގައި މަސް ފެކްޓްރީއެއް އަޅައި، އެތަނުން މަސްވެރިންނަށް ޚިދުމަތް ދީފައިނުވާއިރު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އެ މައްސަލައިގައި ގޮތެއް ނުނިންމަވާ ސަބަބަކާއި، އެ އެއްބަސްވުން ދަމަހައްޓާ ސަބަބު ބައްލަވައިދެއްވުން އެދި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން ހޮރައިޒަން ފިޝަރީޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ފުރިހަމަކޮށް ނިންމުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ފައިސާ ހޯދުމަށް ކުރިމަތިވެފައިވާ ދަތިތަކާއި ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި އެ މަސައްކަތާ ގުޅޭ އިތުރު މަޢުލޫމަތު ހިއްސާކުރައްވާފައިވެއެވެ. އަދި، ކޮމިޓީގެ މެންބަރު މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް މި ބައްދަލުވުމުގައި ހޮރައިޒަން ފިޝަރީޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަންގެ ހައިސިއްޔަތުން ބައިވެރިވަޑައިގެންފައިވާތީ، މި މައްސަލައާ ގުޅޭގޮތުން ނިންމުމެއް ނިންމާ އެއްވެސް ބައްދަލުވުމެއްގައި އެ މެންބަރު ބައިވެރިވެވަޑައިނުގެންނެވޭނެކަމަށް ނިންމާފައިވެއެވެ. މި ބައްދަލުވުމުގައި ކުންފުނީގެ ފަރާތުން ބައިވެރިވަޑައިގެންފައިވަނީ ކުންފުނީގެ ޗެއަރމަން އަލްފާޟިލް ޤާސިމް އިބްރާހިމްއާއި، މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޔަޤްޘާން ޤާސިމްއާއި ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ސިޔާދު ޤާސިމް އަދި ކޮމްޕެނީ ސެކްރެޓަރީ އަލްފާޟިލް އިބްރާހިމް ރަޝީދުއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

5 ސެޕްޓެމްބަރު 2022

މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ މައްސަލަ (ގދ.ހޯނޑެއްދޫ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އެގްރީމެންޓާގުޅޭ)

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA