ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

28 ސެޕްޓެމްބަރު 2022 10:00

ނަންބަރު

14

2022 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް އެސޯސިއޭޝަން ފޯރ އެމްޕްލޯއީމެންޓް އޭޖެންސީއިން 24 މޭ 2021 ގައި ފޮނުއްވާފައިވާ ސިޓީގައި ބަޔާންކުރައްވާފައިވާ މައްސަލައަކީ މިނިސްޓްރީ އޮފް ހެލްތްގެ ރްކްރޫމެންޓް އުސޫލުތައް ޤާނޫނުގެ ދައިރާއިން ބޭރުން އެކުލަވާލެވިފައިވާކަން ބަޔާންކޮށް ހުށަހަޅުއްވާފައިވާ މައްސަލައެއްކަމަށް ފާހަގަކުރެވޭތީ، އެކަން ބައްލަވައިދެއްވުން އެދި އިޖްތިމާޢީ ކޮމިޓީން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން މި މައްސަލައިގެ މަޢުލޫމާތު މިނިސްޓްރީ އޮފް ހެލްތްއިން ހޯއްދެވުމަށް ނިންމެވިއެވެ. އެއަށްފަހު ރަށްރަށުގެ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްއެއް ނުހުންނަ ހާލަތްތަކުގައި އެ މަސްއޫލިއްޔަތާ ޙަވާލުވެ ހުންނަ ފަރާތަށް ދޭ މުސާރައަކީ ސެކްރެޓަރީ ޖެނެރަލްގެ މުސާރައާ ގާތްކުރާ މުސާރައަކަށް ހެދުމާ ގުޅޭ މަޢުލޫމާތު ސިވިލް ސަރވިސް ކޮމިޝަންއިން ހޯއްދެވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA