ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ސަބް ކޮމިޓީ (ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތު ދެނެގަތުމަށް އެކުލަވާލެވުނު)

1 ވަނަ ބައްދަލުވުން

14 ޖޫން 2022 20:00 ނަންބަރު 1

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ މަސައްކަތެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ތާއީދުކުރައްވާފައިވަނީ ކޮމިޓިގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އަޣްލަބިއްޔަތުންވަނީ ފާސްވެފައެވެ. އެއަށްފަހު ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ތާއީދުކުރައްވާފައިވަނީ ކޮމިޓިގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިންގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އަޣްލަބިއްޔަތުންވަނީ ފާސްވެފައެވެ. އެއަށްފަހު ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ކުރެއްވިއެވެ. އެގޮތުން ކޮމިޓީގެ ހިންގާ ގަވާއިދަކީ މައިކޮމިޓީގެ ގަވާއިދުކަމަށް ނިންމަވައި، ކޮމިޓީގެ ކޯރަމް އަކީ 3 މެންބަރުންކަމަށާއި ވޯޓިންގް ކޯރަމް އަކީވެސް 3 މެންބަރުންކަމުގައިވަނީ ނިންމަވާފައެވެ. އެއަށްފަހު، ކޮމިޓީގެ މަސައްކަތް 23 ޖޫން 2022 ވަނަ ދުވަހު ނިންމައި މައިކޮމިޓީއަށް ފޮނުވުމަށް ނިންމެވިއެވެ. އަދި ކަމާގުޅުންހުރި އިދާރާތަކުން މަޢުލޫމާތޮ ހޯދުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

14 ޖޫން 2022

ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތު ދެނެގަތުން

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA