ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

18 އޮކްޓޯބަރު 2022 11:10

ނަންބަރު

36

2022 ވަނަ އަހަރުގެ 36 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށްގެންދެވީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، ޤައުމީ ޞިއްޙީ އިންޝުއަރެންސް ނިޒާމާއި އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ޙައްލު ހޯއްދެވުމަށް އެދިވަޑައިގެން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާއި، އާސަންދަ ކޮމްޕެނީ ލިމިޓެޑާއި، ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ ރީޖަނަލް ހޮސްޕިޓަލްތަކުގެ ބޭފުޅުންނާއެކު ކޮމިޓީން ބޭއްވެވި ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކުގައި ފާހަގަކުރެވުނު ކަންކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހިއްސާކުރުމަށްފަހު، ޤައުމީ ޞިއްޙީ އިންޝުއަރެންސް ނިޒާމާއި އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތު ސާފުކުރެއްވުމުގެގޮތުން އެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. މީގެ އިތުރުން، މި ބައްދަލުވުމުގައި، އަމިއްލަ ފަރާތްތަކުން ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަތައް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA