ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

1 ނޮވެމްބަރު 2022 12:30

ނަންބަރު

38

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 38 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އެގޮތުން، ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ކޮމިޓީން ސާފުކޮށްފައިވާ މައުލޫމާތުތަކުގެ އަލީގައި މައްސަލަ ހުށަހެޅުއްވި މެންބަރަށް ޖަވާބެއް އެރުވުމަށާއި އަދި އެ މައްސަލައިގައި ފާހަގަކުރައްވާފައިވާ، ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ވޭތޯ ބެލުމުގެ މަސައްކަތަކީ ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ނުވާތީ، ކޮރަޕްޝަންގެ މައްސަލަތައް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް މައްސަލަ ހުށަހެޅުއްވި ފަރާތަށް ދެންނެވުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކޮށް ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ވަގުތު ކޮމިޓީއަށް ހާޒިރުވެ ތިބި މެންބަރުންގެ އަޤުލަބިއްޔަތުން ފާސްކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA