މިއަދުގެ ބައްދަލުވުމުގައި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނެވިފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ތިރީގައިވާ ސީ.އެން.އެމްގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އެއަށްފަހު މި މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވައި، ކޮމިޓީގައި ކުރެވުނު ދިރާސާތަކަށް ރިޢާޔަތްކުރުމަށްފަހު، ޤާނޫނުގައި ނެތް ޝަރުޠެއް ގަވާއިދަކުން ކަނޑަނޭޅޭނެކަމަށާއި އެހެންކަމުން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރު އުނިކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ދެންނެވުމަށް ނިންމެވިއެވެ.
© 2023 ރައްޔިތުންގެ މަޖިލިސްގެ އިދާރާA