މިއަދުގެ ބައްދަލުވުމުގައި މި ކޮމިޓީން ފާސްކޮށްފައިވާ ހުޅުމާލެ ޕްލޭނިންގ ގަވާއިދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ގެޒެޓްކޮށްފައިނުވާތީ، ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުއްވާފައިވާ ރިޕޯޓު ބާޠިލުވެފައިވާތީ، އެ މައްސަލައާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރެވުނެވެ. އަދި މިކަމާ ގުޅޭގޮތުން ދެން އޮންނަ ބައްދަލުވުމެއްގައި ގޮތެއް ނިންމުމަށް މެންބަރުން ހުށަހެޅުއްވުމުން އެގޮތަށް ނިންމެވިއެވެ. އެއަށްފަހު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ހަދާދައިވާ ގަވާއިދުތަކާ ގުޅޭގޮތުން ކޮމިޓީން ބަލަމުންދާ މައްސަލައިގެ މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.
© 2023 ރައްޔިތުންގެ މަޖިލިސްގެ އިދާރާA