މިއަދުގެ ބައްދަލުވުމުގައި މި ކޮމިޓީން ފާސްކޮށްފައިވާ ހުޅުމާލެ ޕްލޭނިންގ ގަވާއިދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ގެޒެޓްކޮށްފައިނުވާތީ، ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުއްވާފައިވާ ރިޕޯޓު ބާޠިލުވެފައިވާތީ، އެ މައްސަލައާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރެވުނެވެ. އެގޮތުން އެ ގަވާއިދުގައި ހިމެނިފައިވާ 10 ފަންގިފިލާއަށް ހުޅުމާލޭގައި ޢިމާރާތްކުރެވޭނެކަމަށް ބަޔާންކުރާ މާއްދާ އުނިކުރުމަށްފަހު، އެ ގަވާއިދު ގެޒެޓްކުރަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ފޮނުއްވުމަށް ނިންމެވިއެވެ. އަދި އެ ގަވާއިދު ސަރުކާރު ބަންދު ނޫން 7 ދުވަހުގެ ތެރޭގައި ގެޒެޓްކުރުމަށް ދެންނެވުމަށްވެސް ނިންމެވިއެވެ. އެއަށްފަހު މަޖިލިސް ޗުއްޓީ ނިމުމަށްފަހު ފެށޭ ހަފްތާގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.
© 2023 ރައްޔިތުންގެ މަޖިލިސްގެ އިދާރާA