ކޮމިޓީގެ ނަން

އިމްތިޔާޒާއި ސުލޫކް ކޮމިޓީ

ތާރީޚް

24 އޮކްޓޯބަރު 2023 10:25

ނަންބަރު

2

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ 2023 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ލިބިފައިވާ މައްސަލަތައް ކުރިއަށް ގެންދަވާނެ ގޮތަކާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު އަދި ތ. ގުރައިދު ދާއިރާގެ މެންބަރު ޣައްސާން މަޢުމޫން، 25 މަރިޗު 2022 ދުވަހު "ނޭވާހޮޅިއަށް" މިނަމުގައި މާލޭގައި ބޭއްވި އެއްވުމުގައި ޢާންމު ދަތުރުފަތުރުކުރާ މީހުންނަށް އުނދަގު ވާނެހެން މަގުމަތީގައި އިށީންދެ މަގުތައް ބަންދުކޮށް އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެހެން އަޑުގަދަކޮށް މާލެތެރެ ހަލަބޮލިކޮށް، ފުލުހުން ބަނދުކޮށްފައިވާ ސަރަހައްދަށް ވަދެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި 2022 މާރިޗު 25 ވަނަދުވަހު ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވާ ކަމަށްބުނެ ފޮނުވާފައިވާ ސިޓީތަކާއި، އަދި ކާށިދު ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވެ، މަޤުބޫލު އުޒުރެއްނެތި ކޯޓަށް ހާޟިރުވެފައިނުވާތީ ބަންދުގައި ބަހައްޓައިގެން 22 ޑިސެންބަރު 2021 ދުވަހު 10:00 އަށް ކޯޓަށް ހާޟިރުކޮށްދިނުމަށް ދިވެހިފުލުހުންގެ ޚިދުމަތަށް އަމުރުފޮނުވުމުން، 22 ޑިސެންބަރު 2021 ދުވަހުގެ ހެނދުނު 7:35 ގައި އެ މަނިކުފާނު ފުލުހުންގެ ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ބުނެ ފޮނުވާފައިވާ ސިޓީ މަޝްވަރާކުރެއްވިއެވެ. އަދި މި މެންބަރުން ބަންދުން ދޫކުރެވިފައިވާތީ، މި މައްސަލަތައް ފައިލްކުރުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވައި، މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ތާޢީދުކުރެއްވި ހުށަހެޅުން ކޮމިޓީގެ އިއްތިފާޤުން ފާސްވެފައިވެއެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ޅ)ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ދޫކޮށްފައިވާ އޮފީހުގައި ހަރުކޮށްފައި ހުންނަ ޖުމްހޫރީ ޕާޓީގެ ނަންބޯޑުގެ ތިރީގައި އެހެން ނަމެއް ކަރުދާހުގައި ލިޔެ ތަތްކޮށްފައިވާ މައްސަލަ މަޝްވަރާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA