ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2023 ވަނަ އަހަރުގެ 25 ވަނަ ބައްދަލުވުން

24 އޮކްޓޯބަރު 2023 11:00 ނަންބަރު 26

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު) ގެ 4ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ އަލްއުސްތާޛާ ފާތިމަތު ޝިރުވީންއަށް ރުހުން ދިނުމަށް ފެންނަކަމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ. (9 ވޯޓު) އަދި ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު) ގެ 4ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ އަލްފާޟިލް މުޙައްމަދު އާޒާދުއަށް ރުހުން ދިނުމަށް ފެންނަކަމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ. (10 ވޯޓު) އެއަށްފަހު ކޮމިޓީގައި ނުނިމި ހުރި މަސައްކަތްތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރައްވާ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ނިންމެވިއެވެ. 1. ދައުލަތުގެ ކުންފުނިތަކާއި، ވިޔަފާރި އިދާރާތަކުގެ ޙާލަތު ދެނެގަތުމާއި، މާލީ ހިސާބުތައް ދިރާސާކުރެއްވުމުގެ މައްސަލަ ސަރުކާރު ބަދަލުވުމުން ކުންފުނިތަކުގެ ބޯޑަށް އަންނަ ބަދަލުތަކަށްފަހު، އަލުން ފެށުމަށް ނިންމަވާ، މިވަގުތަށް މި މައްސަލަ އެޖެންޑާއިން ނެގުމަށް ނިންމެވިއެވެ. 2. ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ރިވިއުއެއް ހެދުމުގެ މަސައްކަތް ސަރުކާރު ބަދަލުވުމުން ކުންފުނިތަކުގެ ބޯޑަށް އަންނަ ބަދަލުތަކަށްފަހު، އަލުން ފެށުމަށް ނިންމަވާ، މިވަގުތަށް މި މައްސަލަ އެޖެންޑާއިން ނެގުމަށް ނިންމެވިއެވެ. 3. ދިވެހިރާއްޖޭގެ ކަރަންޓް އަގު ހެޔޮވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއްކަމަށްވެފައި، މިހާތަނަށް ކަރަންޓުގެ އަގަށް އައިސްފައިވާ ބަދަލުތަކާއި ކަރަންޓުގެ އަގު ހެޔޮކުރުމަށް ރޭވިފައިވާ ކަންތައްތަކާއި ކަރަންޓުގެ އަގު ހެޔޮނުކުރެވިވާ ސަބަބުތަކާއި، ދިމާވާ ގޮންޖެހުންތައް ސާފުކުރެއްވުމަށް ސްޓެލްކޯ ގެ އެމް.ޑީ ހާޒިރުކުރެއްވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައިގެ މަޢުލޫމާތު ސްޓެލްކޯއާއި، ފެނަކަ ކޯޕަރޭޝަން އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ސާފުކުރެއްވުމަށް ނިންމެވިއެވެ. 4. އެމް.އައި.ޓީ.ޑީ.ސީއިން އަމިއްލަ ކުންފުނިތަކަށް ދޭންވާ ފައިސާ ނުދީ އޮތުމުން އެކަމުގެ މަޢުލޫމާތު ސާފުކުރުމަށާއި އެ ކުންފުނީގެ ބޭފުޅުންނާއި ބައްދަލުކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ އެންމެ ފަހުގެ މަޢުލޫމާތު އެ ކުންފުނި އަދި މިނިސްޓްރީ އޮފް ފިނޭންސްއިން ހޯއްދެވުމަށް ނިންމެވިއެވެ. (6 ވޯޓު) 5. ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު)އިން ޕީ.ސީ.ބީ ބޯޑަށް މަތިކޮށްފައިވާ ޒިންމާތަކަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރަމުންދޭތޯ ބަލާ ކަށަވަރުކުރުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައިގެ މަސައްކަތް އެ ބޯޑުގެ މެންބަރުން ހަމަވުމުން އަލުން ފަށަން މިވަގުތަށް މައްސަލަ އެޖެންޑާއިން ނެގުމަށް ނިންމެވިއެވެ. 6. މިދިޔަ 5 އަހަރުތެރޭ ޕީ.އެސް.އެމްގައި ހިނގާފައި ހުރި ކަންތައްތަކާއި ދިމާވެފައިވާ މައްސަލަތަކުގެ މަޢުލޫމާތު ހޯދުމަށް އެ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލަ އެ ކުންފުންޏާ ގުޅޭގޮތުން ބަލަމުންދާ އެހެން މައްސަލައަކާ އެއްކޮށް ބެލުމަށް ނިންމަވާ މި މައްސަލަ އެޖެންޑާއިން ނެގުމަށް ނިންމެވިއެވެ. 7. މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މުޢާމަލާތުތަކާ ގުޅޭ މައްސަލައިގެ އޮޑިޓް ރިޕޯޓުގައި ހުރި މުހިންމު ނުކުތާތައް މެންބަރުންނާ ޙިއްޞާކުރުމަށް ސެކްރެޓޭރިއެޓްއަށް ދެންނެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

27 އޭޕްރީލު 2023

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް، މ.ލޭންޑްއޮފްގާރޑްން އަލްއުސްތާޛް ފާޠިމަތު ޝިރުވީންއަށް ރުހުންދިނުމުގެ މައްސަލަ

ރިޕޯޓް ހުށައެޅިފައި

12 އޮކްޓޯބަރު 2022

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނައިބު ރައީސްކަމަށް،އަލްފާޟިލް މުޙައްމަދު ފިރާޟް، އާޒާދީބަހާރު/ ހއ.އިހަވަންދޫ އަށް ރުހުންދިނުމުގެ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

24 އޯގަސްޓު 2021

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންއިން ވިއްކާ ބޭސްތަކުގެ އަގު ބޮޑުވެފައިވާ މައްސަލަ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA