ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

25 އޮކްޓޯބަރު 2023 11:00

ނަންބަރު

27

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2023 ވަނަ އަހަރުގެ 27 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ އެޖެންޑާކުރެވިފައިވަނީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާއ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަށް ފޮނުއްވާފައިވާ ސިޓީތަކަށް އެ ކުންފުނިން ޖަވާބު ދެއްވާފައިނުވާތީ، އެ މައްސަލަ ބެލުމެވެ. އެގޮތުން މި މައްސަލައާ މެދު މެންބަރުން މަޝްވަރާކުރެއްވުމަށްފަހު، އެ މައްސަލައިގައި ޖަވާބުދާރީވުމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޕްރޮކިއުމަންޓް ސެކްޝަންގެ އިސްވެރިން އަދި ހުށަހެޅިފައި މައްސަލަތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވޭނެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރެއްވުމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ. (6 ވޯޓު) އެއަށްފަހު ކޮމިޓީގައި ނުނިމި ހުރި މަސައްކަތްތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރައްވާ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ނިންމެވިއެވެ. 1. މޯލްޑިވިއަންގެ ޕައެލެޓުން އިހުތިޖާޖު ކުރައްވާފައިވާ މައްސަލައާ ގުޅޭގޮތުން އެ ކުންފުނިން މަޢުލޫމާތު ސާފުކޮށް، ޙައްލުވެފައިވާ މައްސަލައަކަށްވާތީ އެ މައްސަލަ އެޖެންޑާއިން ނެގުމަށް ނިންމެވިއެވެ. 2. މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން ލިމިޓެޑްއަށް މަތިކޮށްފައިވާ މަސައްކަތްތަކާއި މަޤްޞަދުތައް ހާސިލުކުރުމަށް އެ ކުންފުންޏަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ފޮނުވާފައިވާ މައްސަލަ ޙައްލުކުރުމަށް ކުޅިވަރު ޤާނޫނަށް އިސްލާޙުތަކެއް ގެނެވިފައިވާތީ، މި މައްސަލަ އެޖެންޑާއިން ނެގުމަށް ނިންމެވިއެވެ. 3. ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ނަގާފައިވާ ލޯނުތައް ރިވިއުކުރުމުގެ މައްސަލަ ސަރުކާރު ބަދަލުވުމުން ކުންފުނިތަކުގެ ބޯޑަށް އަންނަ ބަދަލުތަކަށްފަހު، އަލުން ފެށުމަށް ނިންމަވާ، މިވަގުތަށް މި މައްސަލަ އެޖެންޑާއިން ނެގުމަށް ނިންމެވިއެވެ. 4. ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިސްތިއުފާ ދެއްވިއިރު، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރއަށާއި ޗެއަރޕާސަންއަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައިވާތީ، އެކަމުގެ މަޢުލޫމާތު ސާފުކުރެއްވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލަ، އެ ކުންފުންޏާ ގުޅޭގޮތުން ބަލަމުންދާ އެހެން މައްސަލައަކާ އެކު ދިރާސާކުރެއްވުމަށް ނިންމަވާ، މި މައްސަލަ އެޖެންޑާއިން ނެގުމަށް ނިންމެވިއެވެ. 5. މޯލްޑިވިއަން އިން ޑޮމެސްޓިކް ދަތުރުތަކުގެ ޓިކެޓްގެ އަގުތައް ބޮޑުކޮށްފައިވާ މައްސަލައިގެ މަޢުލޫމާތު އެ ކުންފުނިން ސާފުކުރައްވާފައިވާތީ، އެ މައްސަލަ އެޖެންޑާއިން ނެގުމަށް ނިންމެވިއެވެ. 6. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ދެއްވަމުން ގެންދަވާ ޚިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނެސްފައިވާ މައްސަލަ މަޢުލޫމާތު އެ ކުންފުނިން ސާފުކުރައްވާފައިވާތީ، އެ މައްސަލަ އެޖެންޑާއިން ނެގުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
24 އޯގަސްޓު 2021 - ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންއިން ވިއްކާ ބޭސްތަކުގެ އަގު ބޮޑުވެފައިވާ މައްސަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA