ލާމަރުކަޒީ ކޮމިޓީ

2023 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

25 އޮކްޓޯބަރު 2023 10:05 ނަންބަރު 6

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުމުގެ މަސައްކަތް ކުރެއްވިއެވެ. އެންމެ ފުރަތަމަ މުޤައްރިރު އެދިވަޑައިގަތީ ކޮމިޓީގެ މައްސަލަތައް ނިންމުމަށްޓަކައި ޢަމަލުކުރާން ގޮތަކާމެދު މެންބަރުން ގޮތެއް ނިންމެވުމަށެވެ. އެގޮތުން، ކޮމިޓީން ޢާންމު އުސޫލެއްގެ މަތިން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ނިންމުމަށް ސަބް ކޮމިޓީއެއް އެކުލަވާލާކަމަށާއި، މިހާރު ނުނިމި ހުރި މައްސަލަތައް ނިންމެވުމަށް ސަބް ކޮމިޓީއެއް އެކުލަވާލުމާ ގުޅޭގޮތުން މެންބަރުންގެ ޚިޔާލަށް ހުޅުވާލެވުނެވެ. އެހެންނަމަވެސް، މިކަމާ ގުޅޭގޮތުން މެންބަރުންގެ ޚިޔާލު ތަފާތުވުމުން، ހާޟިރުވެވަޑައިގެންނެވި ހުރިހާ މެންބަރުންގެވެސް އިއްތިފާޤުން ނިންމެވީ ސަބް ކޮމިޓީއެއް އެކުލަވާނުލައި، މިކޮމިޓީގެ ބައްދަލުވުން ކޮންމެ ބުދަ ދުވަހެއްގެ 10:00 ގައި ބާއްވައި، ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ނިންމެވުމަށެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

25 އޮކްޓޯބަރު 2023

ލާމަރުކަޒީ ކޮމިޓީއަށް އަމިއްލަ ފަރާތްތަކުން ފޮނުވާފައިވާ މައްސަލަތައް

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA