ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

15 ނޮވެމްބަރު 2023 11:00

ނަންބަރު

28

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2023 ވަނަ އަހަރުގެ 28 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ އެޖެންޑާކުރެވިފައިވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންއާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ މަޢުލޫމާތު ހޯއްދެއްވުމަށް ކޮމިޓީން ފޮނުއްވާފައިވާ ސިޓީތަކަށް ޖަވާބު ލިބިފައިނުވާ މައްސަލައިގައި އެ ކުންފުނީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވަނިކޮށް، އެ ސިޓީތަކަށް އެ ކުންފުނިން ޖަވާބު ފޮނުއްވާފައިވާތީ، އެ މައްސަލައާ މެދު ގޮތެއް ނިންމުމެވެ. އެގޮތުން މިވަގުތަށް އެ ކުންފުނީގެ ބޭފުޅުން ހާޒިރުކުރަން ނުފެންނަކަމަށާއި، “CAP E-COD PLUS CAPS” ނަމަކަށް ކިޔާ ބޭހާ ގުޅިގެން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައިގެ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. ދެން، އެމް.އައި.ޓީ.ޑީ.ސީއިން އަމިއްލަ ކުންފުނިތަކަށް ދޭންވާ ފައިސާ ނުދީ އޮތުމުން އެކަމުގެ މަޢުލޫމާތު ސާފުކުރުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ލިބިފައިވާ މަޢުލޫމާތު ދިރާސާކުރައްވައި، މި މަޢުލޫމާތު މައްސަލަ ހުށަހެޅުއްވި މެންބަރާ ހިއްސާކުރުމަށްފަހު އެ މައްސަލަ އެޖެންޑާއިން ނެގުމަށް ނިންމެވިއެވެ. އެއަށްފަހު، އެހެން ޤައުމުތަކުގެ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ހިންގުން ރަނގަޅުކުރުމަށް ކުރާ މަސައްކަތްތައް ދިރާސާކުރެއްވުމަށް ރާއްޖެއިން ބޭރަށް ކޮމިޓީގެ މެންބަރުން ވަޑައިގަތުމާ ގުޅޭގޮތުން މެންބަރުން ދެކޭގޮތް މުޤައްރިރު ސާފުކުރައްވައި، މެންބަރުންގެ މެދުގައި މަޝްވަރާކުރެވުނެވެ. އެގޮތުން ރާއްޖޭގައި އޮންނަ ނިޒާމާ އެންމެ ގާތް އަދި ކުންފުނިތަކުގެ ހިންގުން ރަނގަޅު ޤައުމެއް ދިރާސާކުރުމަށް ކޮމިޓީގެ އިދާރީ ބޭފުޅުންނާ ޙަވާލުކުރެއްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA