ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

26 ނޮވެމްބަރު 2023 10:10

ނަންބަރު

7

2023 ވަނަ އަހަރުގެ 7 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން ތިނަދޫ ސިޓީއަކަށް ބަދަލުކުރުމާއި ގުޅިގެން، ސިޓީ ކައުންސިލަކަށް ލިބިދޭ އެންމެހާ ބާރުތަކާއި މަސްއޫލިއްޔަތުތައް އެ ކައުންސިލަށް ލިބިގެންވާކަމާއި، އަދި ސިޓިއަކުން ލިބިދޭންޖެހޭ ކަމަށް އެ ޤާނޫނުގައި ބަޔާންކުރާ އެންމެހައި ޙިދުމަތްތައް ދޭންޖެހޭ ކަމަށް ބަޔާންވެގެންވާއިރި، މި ޙިދުމަތްތައް ފޮރުކޮށްދިނުމަށް ހުރި ގޮންޖެހުންތައް ބަޔާންކޮށް ތިނަދޫ ސިޓީ ކައުންސިލުން ފޮނުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މި ގޮތުން މި މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާއި އެލް.ޖީ.އޭ އަދި ތިނަދޫ ސިޓީ ކައުންސިލްގެ ބޭފުޅުންނާއި 04 ޑިސެންބަރު 2023 ވާ ހޯމަ ދުވަހު ބައްދަލުކުރެއްވުމަށް ކޮމިޓީ ނިންމެވިއެވެ. އަދި މި މައްސަލައިގައި ފާހަގަކުރައްވާފައިވާ ކަންކަމާގުޅޭ މަޢުލޫމާތާއި، އެ މައްސަލައާ ގުޅޭގޮތުން އެ އޮތޯރިޓީން ދެކެވަޑައިގަންނަވާ ގޮތް ސާފުކުރެއްވުމަށް ސިޓީ ފޮނުއްވުމަށްވެސް ކޮމިޓީން ނިންމެވިއެވެ. މީގެ އިތުރުން، ދައުލަތުގެ ވަޒީފާތަކުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލުތަކަށާއި، އަދި ޚާއްސަކޮށް ކައުންސިލް އިދާރާތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތްކުރާއިރު، ރަށު ކައުންސިލްތަކުގެ މެންބަރުންނަށް މިހާރު ކަނޑައަޅާފައިވާ މުސާރައަކީ އެ އޮނިގަނޑާ އެއްހަމަ ކުރެވިފައިވާ މުސާރަތަކެއް ނޫންކަމަށްވާތީ ކޮމިޓީން މި މައްސަލަ އިތުރަށް ދިރާސާކުރެއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
26 ނޮވެމްބަރު 2023 - ތިނަދޫ ކައުންސިލް އިދާރާއިން ފޮނުއްވާފައިވާ ސިޓީ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA