ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

11 ޑިސެމްބަރު 2023 10:00

ނަންބަރު

10

2023 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

ތިނަދޫ ސިޓީ ކައުންސިލުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާއި އެލް.ޖީ.އޭ އަދި ތިނަދޫ ސިޓީ ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށްފަހު ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. މަޝްވަރާތަކަށްފަހު، ތިނަދޫ ސިޓީ ކައުންސިލަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ކޮމިޓީއަށް ހުށަހަޅުއްވައި، އެވަގުތު ކޮމިޓީއަށް ހާޒިރުވި އެއްވެސް މެންބަރެއް އިއުތިރާޟް ކުރައްވާފައިނުވުމުން، ކޮމިޓީން އެގޮތަށް ފާސްކޮށްފައިވެއެވެ. އެއަށްފަހު، ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ހުށަޅުއްވާ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ތާއީދުކުރައްވާ، މި މައްސަލައަކީ ޙައްސާސީ މައްސަލައެއް ކަމުން މިކަމާ ގުޅިގެން ކޮމިޓީ ރިޕޯޓެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ހުށަހަޅުއްވާފައިވެއެވެ. މި ހުށަހެޅުމާ ގުޅިގެން ވޯޓަށް އެއްސެވުމުން ކޮމިޓީއަށް އެވަގުތު ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން އެ ހުށަހެޅުން ފާސްވެފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
26 ނޮވެމްބަރު 2023 - ތިނަދޫ ކައުންސިލް އިދާރާއިން ފޮނުއްވާފައިވާ ސިޓީ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA