ކޮމިޓީގެ ނަން

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަބް ކޮމިޓީ (މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންގެ މައްސަލަ ދިރާސާކުރުމަށް ހޮއްވެވި)

ތާރީޚް

26 އޯގަސްޓު 2020 11:10

ނަންބަރު

1

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަބް-ކޮމިޓީގެ 2020 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ އެޖެންޑާ ކުރެވިފައިވަނީ ކޮމިޓީގެ މުޤައްރިރު އަދި ނައިބު މުޤައްރިރު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރު ކަމަށް މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫންގެ ނަންފުޅު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ހުށަހަޅުއްވައި، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ތާއީދުކުރެއްވި ހުށަހެޅުން، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ. އަދި ކޮމިޓީގެ ނައިބު މުޤައްރިރު ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފްގެ ނަންފުޅު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ހުށަހަޅުއްވައި، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ތާއީދުކުރެއްވި ހުށަހެޅުން، ކޮމިޓީގައި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ. ކޮމިޓީއަށް ހުށަހެޅިފައިވާ، މައްޗަންގޯޅި ދެކުނުދާއިރާގެ މެންބަރު އަޙްމަދު ހައިތަމް، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންއަށް ލިއުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލުގެ ޖަވާބުގައި ދެއްވާފައިވަނީ ސައްޙަނޫން މަޢުލޫމާތުކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ "ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލައެންސް އޮޑިޓް ރިޕޯޓް"ގައި ބަޔާންކުރައްވާފައިވާތީ، މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ގުޅޭ މައްސަލައަކަށްވާތީ، އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާކުރެއްވުމަށްފަހު، ކަމާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ އަމީން 07 އޮކްޓޫބަރު 2020 ވަނަ ދުވަހު ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމީއެވެ. އަދި މި މައްސަލައިގެ ސުންގަޑިއެއްގެ ގޮތުގައި 31 އޮކްޓޫބަރ 2020 ކަނޑައެޅުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވާ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ތާއީދުކުރެއްވި ހުށަހެޅުން، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA