ކޮމިޓީގެ ނަން

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަބް ކޮމިޓީ (މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންގެ މައްސަލަ ދިރާސާކުރުމަށް ހޮއްވެވި)

ތާރީޚް

26 އޮކްޓޯބަރު 2020 13:50

ނަންބަރު

3

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަބް-ކޮމިޓީގެ 2020 ވަނަ އަހަރުގެ 03 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ އެޖެންޑާ ކުރެވިފައިވަނީ ކޮމިޓީއަށް ހުށަހެޅިފައިވާ، މައްޗަންގޯޅި ދެކުނުދާއިރާގެ މެންބަރު އަޙްމަދު ހައިތަމް، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންއަށް ލިއުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލުގެ ޖަވާބުގައި ދެއްވާފައިވަނީ ސައްޙަނޫން މަޢުލޫމާތުކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ "ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލައެންސް އޮޑިޓް ރިޕޯޓް"ގައި ބަޔާންކުރައްވާފައިވާތީ، މި މައްސަލައިގެ ރިޕޯޓު ކޮމިޓީން ނިންމާނެ ގޮތެއް ކަނޑައެޅުމެވެ. އެގޮތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ހުށަހަޅުއްވައި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމު ތާއިދު ކުރައްވަފައިވާ ހުށަހެޅުމުގައި ވަނީ މިނިސްޓަރ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކާއި ކޮމިޓީއާ ހިއްސާކޮށްފައިވާ ވާހަކަފުޅުތަކަށް ރިޢާޔަތްކޮށް ސަބްކޮމިޓީގެ ރިކޮމެންޑޭޝަނާއެކު މައިކޮމިޓީއަށް ރިޕޯޓެއް ހުށަހެލުމަށް." މި ހުށަހެޅުން ކޮމިޓީގެ އިއްތިފާގުން ފާސްކުރިއެވެ. ކޮމިޓީން ފާހަގަ ކުރެއްވި މައިގަނޑު ނުކުތާތައް: • މިނިސްޓަރދެއްކެވި ވާހަކަފުޅާއި ކޮމިޓީއާ ލިޔުމުން ހިއްސާކުރެއްވި ޖަވާބައް ބަލާއިރު ތާފާތެއް ނެތްކަން ކޮމިޓީއަށް ފާހަގަ ކުރެވުނުކަން. • އޮޑިޓް ރިޕޯޓުގައި، މިނިސްޓަރ ދެއްކެވި ވާހަކަފުޅާ ޚިލާފު ވާހަކަހުރިކަން ކޮމިޓީއަށް ފާހަގަ ކުރެވުނުކަން. • ކޮމިޓީގެ ނިންމުން ނިންމާއިރު އޮޑިޓް ރިޕޯޓަށް ބޮޑަށް ބުރަވެވޭކަމަށް، ސަބަބަކީ ޑަބްލިޔު. އެޗް. އޯ ގެ ބަހެއް ލިބިފައި ނެތުމުން ކަމަށް ވާތީ ކަމަށް ކޮމިޓީން ފާހަގަ ކުރެއްވި. • ކޮމިޓީއަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު ޑަބްލިޔު. އެޗް. އޯ ގެ ބައިވެރިވުން ހިމެނޭކަމަށް ކޮމިޓީއަށް ނުފެންނަކަމަށް.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA