ކޮމިޓީގެ ނަން

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަބް ކޮމިޓީ (މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންގެ މައްސަލަ ދިރާސާކުރުމަށް ހޮއްވެވި)

ތާރީޚް

23 ނޮވެމްބަރު 2020 10:40

ނަންބަރު

5

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަބް-ކޮމިޓީގެ 2020 ވަނަ އަހަރުގެ 05 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންއަށް ލިއުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލުގެ ޖަވާބުގައި ދެއްވާފައިވަނީ ސައްޙަނޫން މަޢުލޫމާތުކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ "ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލައެންސް އޮޑިޓް ރިޕޯޓް"ގައި ބަޔާންކުރައްވާފައިވާތީ، މި މައްސަލަ އިމްތިޔާޒާއި ސުލުކު ކޮމިޓީގެ ސަބްކޮމިޓީން ދިރާސާ ނިންމި ގޮތުގެ ރިޕޯޓު ފާސްކުރުމެވެ. ތިނަދު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ހުށަހަޅުއްވައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ތާއިދު ކުރެއްވި ހުށަހެޅުމުގައި ވަނީ " މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން، ލިއުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލުގެ ޖަވާބު ދެއްވާފައިވާއިރު ސައްޚަނޫން މަޢުލޫމާތު ދެއްވާފައިވާ ކަމަށާއި އަދި އެ މަޢުލޫމާތުތަކަކީ އެންމެ އެކަށިގެންވާ މަޢުލޫމާތު ނޫންކަމަށް ކޮމިޓީއާ ހިއްސާ ކުރެއްވި ލިޔުން (އީ މެއިލް) އެނގެން އޮންނަކަމަށް ކޮމިޓީއަށް ސާބިތުވާކަމަށް". މި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތުފާގުން ފާކޮށް މުޅި ރިޕޯޓު މައި ކޮމިޓީއަށް ހުށަހެޅުމަށް ފާސްކުރިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA