ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ސަބް ކޮމިޓީ (ޗާގޯސްގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީއާގުޅޭ މައްސަލަ ދިރާސާކުރުމަށް)

2024 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

28 ފެބްރުއަރީ 2024 12:00 ނަންބަރު 1

ޚުލާސާ

ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ހުށަހަޅުއްވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ތާއީދުކުރައްވާފައިވަނީ ކޮމިޓިގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިންގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން، ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. އެއަށްފަހު ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ހުށަހަޅުއްވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ތާއީދުކުރައްވާފައިވަނީ ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމްގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. އެއަށްފަހު ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ކުރެއްވިއެވެ. އެގޮތުން ކޮމިޓީން ދިރާސާކުރައްވާ މައްސަލައާ ގުޅިގެން އިދާރާތަކަށް ސިޓީފޮނުވައި ބޭނުންވާ އެންމެހައި މަޢުލޫމާތު ހޯއްދެވުމުގެ ބާރު ކޮމިޓީގެ މުޤައްރިރަށް ދިނުމަށް ކޮމިޓީން ނިންމެވިއެވެ. އަދި ދެންނެވުނު މައްސަލައާ ގުޅިގެން މިހާތަނަށް ނެރެފައިވާ ނޫސް ބަޔާންތައް ހޯއްދެވުމަށާއި އަދި އެ މައްސަލައާ ގުޅިގެން އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ދެއްވަމުން ގެންދަވާ ޤާނޫނީ ލަފާތަކުގައި ޢަމަލީގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދެއްވުމަށްވެސް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

1 ނޮވެމްބަރު 2022

ޗާގޯސްގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީއާގުޅޭ މައްސަލަ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA