އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

19 މާރިޗު 2024 12:30 ނަންބަރު 2

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ކޮމިޓީއަށް ފޮނުވާފައިވާ 3 މަސައްކަތެއްގެ ސުންގަޑި ކަނޑައެޅުމެވެ. އެގޮތުން ކޮމިޓީ އަށް ފޮނުވާފައިވާ 2 ޤަރާރު އަދި ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ ފަރާތްތަކުގެ ނަންފުޅުތައް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 8 މެއި 2024 ކަމުގައި ނިންމެވިއެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށް ފޮނުއްވާފައިވާ މައްސަލައިގެ މަސައްކަތް ކުރިއަށް ގެންދާނެގޮތާމެދު މަޝްވަރާކުރުމެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި މި މައްސަލައިގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަ ކުރުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އިދާރީ މޭޒަށް ފުރުޞަތުދިނުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލު އަޙްމަދު ހުށަހަޅައި ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ތާއީދުކޮށް ހުށަހަޅާފައިވާތީ، އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޢްލަބިއްޔަތުން އެ ހުށަހެޅުން ފާސްކުރެއްވިއެވެ. އެއަށްފަހު، މިފްކޯގެ މުވައްޒަފުންނަށް ބޭރު ފައިސާ (ޔޫ.އެސް.ޑޮލަރ) ފަސޭހައިން ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދިނުމަށް އެދި ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން، އިތުރު މަޢުލޫމާތު ސާފުކުރުމަށް ނިންމައި، މި ޤަރާރާއި ގުޅޭގޮތުން ސާފުކުރެވިފައިވާ މަޢުލޫމާތަށް ބަލައި ޤަރާރު އިޞްލާޙުކުރުމަށް އިދާރީ މޭޒަށް ފުރުޞަތު ދިނުމަށްފަހު، ދެން އޮންނަ ބައްދަލުވުމެއްގައި މިޤަރާރަށް ގޮތެއް ނިންމުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

13 މާރިޗު 2024

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA