ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

2020 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

18 މާރިޗު 2020 11:05 ނަންބަރު 14

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުން ނުނިމި ހުރި މާއްދާތައް ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ކޮމިޓީން ފާސްކުރެއްވިއެވެ. ދެން މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ އެއްމެދު ޢިމާރާތުގެ ބިލު ސުންގަޑި ކަނޑައެޅުއްވުމުގެ މަސައްކަތެވެ. އެ ގޮތުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހަޅުއްވާ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ތާއީދު ކުރެއްވީ މި ބިލުގެ ސުންގަނޑިއަކީ 22 ޖުލައި 2020 ކަމުގައިއެވެ. މި ހުށަހެޅުއްވުން ކޮމިޓީގެ އިއްތިފާގުން ފާސްކުރެއްވިއެވެ. މީގެ އިތުރުން، ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ބިލާއި އެއްމެދު ޢިމާރާތުގެ ބިލާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކަމާ ގުޅުންހުރި 7 އިދާރާއަކުން ލިޔުމުން އިޞްލާހު ހުށަހެޅުއްވުންއެދި ސިޓީ ފޮނުއްވުމަށް ފާސްކުރެއްވިއެވެ. އެއީ، މިނިސްޓްރީ އޮފް ހައުސިންގް އެންޑް އަރބަން ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާރޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

18 މާރިޗު 2020

އެއްމެދު ޢިމާރާތުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

4 މާރިޗު 2020

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

26 ނޮވެމްބަރު 2019

ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA