ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

25 ފެބްރުއަރީ 2020 14:08

ނަންބަރު

6

2020 ވަނަ އަހަރުގެ 06 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ކްރިމިނަލް ކޯޓުން ނިންމާ މައްސަލަތަކާ ގުޅިގެން، އެ ކޯޓުގެ "މައްސަލައަކާ ގުޅޭގޮތުން ރެކޯޑިންގ އަޑުއެހުމާއި ބަޔާން ބެލުމާއި ބަޔާނުގެ ކޮޕީ ހެއްދުމަށް އެދި ހުށަހަޅާ ފޯމު" އިން ބަޔާނުގެ ކޮޕީ ހެއްދުމަށް އެދި ހުށަހެޅުމުން، އާންމުކޮށް ފޮޓޯކޮޕީގެ ޚިދުމަތް ދޭ ތަންތަނުން ނަގާ އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށް، ކޮންމެ ޞަފްޙާއަކަށް -/5 (ފަހެއް) ރުފިޔާގެ މަގުން އެ ކޯޓުން އަގު ނަގަމުންދާކަމުގެ ޝަކުވާއެއް ކޮމިޓީއަށް ލިބިފައިވުމާއެކު، ބަޔާންތަކުގެ ކޮޕީ ހެއްދުމުގައި ކޯޓުތަކުން ނަގަމުންގެންދާ އަގުގެ މިންވަރުތަކާއި، އަދި ހުރިހާ ކޯޓެއްގައިވެސް އަގު ނެގުމުގައި ޢަމަލުކުރަމުންދަނީ އެއް ހަމައަކުންތޯ ސާފުކުރެއްވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިޔުމުން ދެންނެވުމަށް ކޮމިޓީއިން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
25 ފެބްރުއަރީ 2020 - މައްސަލަތަކުގެ ބަޔާންތަކުގެ ކޮޕީ ހެއްދުމަށް 5 ރުފިޔާ ކޯޓުތަކުން ނަގާ މައްސަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA