ޖުޑީޝިއަރީ ކޮމިޓީ

2020 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

9 އޭޕްރީލު 2020 11:05 ނަންބަރު 14

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ޙާލަތުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތް ދެނެގަނެ، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) ދަމަހައްޓާކަން ޔަޤީންކުރުމާމެދު ކޮމިޓީއަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީން ނިންމަވާފައިވަނީ ޖުޑީޝިއަރީ ކޮމިޓީގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ ހުރިހާ މުއައްސަސާތަކަށް، އެމުއައްސަސާތަކުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ސާފުކުރެއްވުމަށާއި، އަދި މަސައްކަތްތަކުގައި ދިމާވަމުންދާ ދަތިތަކެއް ވާނަމަ އެކަމެއް ސާފުކުރެއްވުމަށް އެ މުއައްސަސާތަކަށް ފޮނުއްވާފައިވާ ސިޓީތަކުގެ ޖަވާބު ލިބިފައިވާތީ އެސިޓީތަކާމެދު މަޝްވަރާކުރެއްވިއެވެ. އަދި ހުރިހާ މުއައްސަސާއަކުންވެސް ސަރުކާރުން އަމަލުކުރުމަށް ކަނޑައަޅުއްވާފައިވާ ގޮތާ އެއްގޮތަށް ކަންކަން ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން ސުޕްރިމް ކޯޓުން ނެރެފައިވާ ސަރކިއުލަރއަކާމެދު މަޝްވަރާކުރެވިފައެވެ. އަދި ސުޕްރީމް ކޯޓުން އެހެން ކޯޓުތަކުގެ މައްޗަށް ބާރު ފޯރުވާގޮތަށް އަމަލުކުރަމުންދާކަމަށް ސަރކިއުލަރ އިން ފާހަގަކުރެވޭތީ، މިކަން ބަޔާންކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސިޓީއެއް ލިޔުއްވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ހުށަހަޅުއްވާ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ތާއީދުކުރައްވާފައިވެއެވެ. އަދި ކޮމިޓީއަށް އެވަގުތު ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވެފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

29 އޭޕްރީލު 2020

ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކާގުޅޭ މައްސަލަ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA