ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

29 ޖޫން 2020 12:11

ނަންބަރު

31

2020 ވަނަ އަހަރުގެ 31 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް ހުށަހަޅުއްވާފައިވާ "އެސް.ޓީ.އޯ މޯލްޑިވްސް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑް" އިން ހިންގި ތެލުގެ ވިޔަފާރީގެ ތެރެއިން ގެއްލިފައިވާކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިންގ ކުންފުންޏަކާ ޙަވާލުކޮށްގެން އެކުލަވާލެވުނު ތަޙްޤީޤު ރިޕޯޓާ ގުޅުންހުރި މައްސަލަ ކޮމިޓީއަށް ފޮނުއްވާފައިވާތީ، އެ މައްސަލަ ކޮމިޓީއިން ބައްލަވައި ނިންމަވާނެ ސުންގަޑި އަކީ 14 ޖުލައި 2020 ކަމުގައި ކަނޑައެޅުއްވިއެވެ. އެއަށްފަހު، އެ މައްސަލައާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ ހޯއްދެވުމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިޔުމުން ދެންނެވުމަށް ކޮމިޓީއިން ނިންމެވިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA