ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

17 މާރިޗު 2020 15:35

ނަންބަރު

15

2020 ވަނަ އަހަރުގެ 15 ވަނަ ބައްދަލުވުން

ޚުލާސާ

- ހިޔުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުން މަޤާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ފޮނުވުމަށް ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ނިންމެވި. - ދެވަނަ ކަމެއްގެގޮތުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޞިއްޙީ ފަރުވާ ލިބުމުގައި އެފަރާތްތައް ދަތިތަކާ ކުރިމަތިވާ ސަބަބުތައް ސާފުކުރުމަށް، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަންއާއި، މިނިސްޓްރީ އޮފް ޖެންޑަރ. ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި އާސަންދައަށް ސިޓި ފޮނުވައި މަޢުލޫމާތު ސާފުކުރުމަށް ކޮމިޓީން ނިންމެވި. - ފޮސްޓަރ ޢާއިލާތަކަށް ލިބެންޖެހޭ އިނާޔަތްތަކާއި އެހީތެރިކަން ނުލިބޭ މައްސަލައިގައި. އިތުރު މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ސިޓީ ފޮނުވުމަށް ނިންމެވި.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA