ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

19 ފެބްރުއަރީ 2020 11:00

ނަންބަރު

4

އިޖްތިމާޢީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ މަޤާމްތަކަށް ހަމަޖެއްސުމަށް ފެންނަ މުސާރައާއި ޢިނާޔަތްތަކާ ގުޅޭގޮތުން ޚިޔާލު ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ކޮމިޓީން މަޝްވަރާކުރެއްވުމަށްފަހު އަންނަނިވި ކަންކަން ފާހަގަކޮށް ޖަވާބު ފޮނުއްވުމަށް ކޮމިޓީން ނިންމެވިއެވެ. 1. މޭޔަރެއް ނުހުންނަ ކޮންމެ އަތޮޅެއްގައި މުޅި އަތޮޅު ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު އަދާކުރަނީ އެ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސްކަމަށްވާތީ، މޭޔަރުންގެ މުސާރައާއި އަތޮޅު ކައުންސިލްގެ ރައީސުންގެ މުސާރައިގައި ހަމަހަމަ އުސޫލެއް ގެންގުޅުމަށާއި އަދި މޭޔަރުންގެ މުސާރައާއި އަތޮޅު ކައުންސިލްގެ ރައީސުންގެ މުސާރައިގެ ފަރަގު ކުޑަކުރަން ޖެހޭކަން؛ އަދި 2. ރަށު ކައުންސިލްގެ ރައީސާއި ނާއިބު ރައީސްގެ މުސާރަ އަދި މެންބަރުންގެ މުސާރައިގެ ފަރަގު ކުޑަ ކުރަންޖެހޭކަން. އެއަށްފަހު، މި ބައްދަލުވުމުގައި ކޮމިޓީން ކުރިއަށްގެންދެވީ އަމިއްލަ ފަރާތްތަކުން ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަތައް ދިރާސާކުރެއްވުމުގެ މަސައްކަތެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA