ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

4 މާރިޗު 2020 16:00

ނަންބަރު

9

އިޖްތިމާޢީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ކޮމިޓީން ފުރަތަމަ ކުރިއަށްގެންދެވީ ދައުލަތުން ބަލަހައްޓާ ކުޑަކުދިން ބޭތިއްބުމަށްޓަކައި ޤާއިމްކޮށްފައިވާ މަރުކަޒުތަކުގައި ހުރި ވަސީލަތްތަކުގެ ތަފްޞީލް ހޯދުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ކޮމިޓީން ކުރެއްވުމަށް ނިންމަވާފައިވާ ދަތުރުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމުގެ މަސައްކަތެވެ. އެއަށްފަހު، ޖަމްޢިއްޔާތަކުގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތަކާމެދު ކޮމިޓީން މަޝްވަރާކުރައްވައި، ބިލު ދިރާސާކުރެއްވުމަށް ސަބް ކޮމިޓީއަކާ ޙަވާލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. މީގެ އިތުރުން، ޢުމުރުން 55 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންނަށް މާލީ ޢިނާޔަތެއް ލިބޭނެ ގޮތެއް ނެތުމުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާފުޅުތައް ލިބިފައިވާތީ، އެ ކަންކަން އިތުރަށް ދިރާސާކުރެއްވުމަށް ވެސް ސަބް ކޮމިޓީއަކާ ޙަވާލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު، މި ބައްދަލުވުމުގައި ކޮމިޓީން ކުރިއަށްގެންދެވީ އަމިއްލަ ފަރާތްތަކުން ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަތައް ދިރާސާކުރެއްވުމުގެ މަސައްކަތެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA