ޖުޑީޝިއަރީ ކޮމިޓީ

2019 ވަނަ އަހަރުގެ 41 ވަނަ ބައްދަލުވުން

21 އޮކްޓޯބަރު 2019 12:30 ނަންބަރު 41

ޚުލާސާ

މި ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމުގެ މައްސަލައާ ގުޅޭގޮތުން ކޮމިޓީއިން މަޝްވަރާކުރެއްވިއެވެ. އެގޮތުން، މި މައްސަލަ ފޮނުއްވާފައވާ ގޮތަށް، ގޮތެއް ކަނޑައެޅުމަށް ތަޅުމަށް ފޮނުވުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ހުށަހަޅުއްވައި މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއިން ފާސްކުރެއްވިއެވެ. މީގެ އިތުރުން، ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓަރ މުޙައްމަދު ނިޒާމު، އެހެން ނަމެއް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި، އެބޭފުޅުންގެ ސުލޫކީ މިންގަނޑުތަކާއި ކޯޓެއްގައި މަސައްކަތް ކުރައްވާ ބޭފުޅަކު މަސައްކަތުގެ އަޚްލާޤު ހުންނަން ގޮތްތަކާ ޚިލާފަށް ސޯޝަލް މީޑިއާގައި ތަކުރާރުކޮށް ޓްވީޓްކޮށްފައިވާ މައްސަލައެއް ކޮމިޓީއަށް ހުށަހެޅިފައިވާތީ، އެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން، މި މައްސަލައިގެ ބާވަތުން މި މައްސަލަ ބެލުމުގެ އިޚްތިޞާސް ލިބިގެންވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށްކަމުން، އެ އިދާރާއަށް ސިޓީ ފޮނުއްވައި އެ އިދާރާއިން މި މައްސަލަ ނިންމަވާ ގޮތެއްގެ ރިޕޯޓް ފޮނުއްވައިދެއްވުމަށް ދެންނެވުމަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ތާއީދުކުރެއްވިއެވެ. މި ހުށަހެޅުން ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ ނިންމަވާފައެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

22 އޮކްޓޯބަރު 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ގދ. މަޑަވެލި، މޭނާ އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އާއި ސ. ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ޢައްޔަންކުރެއްވުމާގުޅޭ މައްސަލައިގެ ރިޕޯޓު

ރިޕޯޓް ހުށަހެޅިފައި

21 އޮކްޓޯބަރު 2019

ހައި ކޯޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ނާޒިމް މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA